ދުނިޔެ

މިދިޔަ އަހަރު މަރުވި ކުއްޖެއްގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އިންޓަޕޯލުން ފަށައިފި

މުހައްމަދު އައުޒަމް

މިދިޔަ އަހަރު މަރުވި ކުޑަކުއްޖެއްގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އިންޓަޕޯލުން ފަށައިފިއެވެ.

ބައިނަލްއަގުވާމީ ފުލުހުންގެ އެޖެންސީ ''އިންޓަޕޯލް'' އިން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖަރުމަނުގެ ބަވާރިޔާ ސްޓޭޓުގެ ކޯރަކުން ފެނުނު ކުޑަކުއްޖެއްގެ މައުލޫމާތު ހޯދުމަށް އާންމުންގެ އެހީއަށް ވެސް އެދިފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެކުއްޖާގެ ހަށިގަނޑު ފެނުނު އިރު އުމުރުން ފަސް އަހަރު ވެދާނެ ކަމަށް ބެލެވެއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ކޯރެއްގެ ތެރެއިންނެވެ. އެ ކުއްޖާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމާއެކު ފުލުހުން ވަނީ އެކުއްޖާގެ އުމުރާއި އެހެނިހެން މައުލޫމާތު ހޯދުމަށް އެހީއަށް އެދިފައެވެ.

އިންޓަޕޯލުން ވަނީ ފޮއިލަކަށް އޮޅައި ކޯރަކަށް އެއްލާލާފައި އޮތް އެކުއްޖާ މަރުވެފައިވަނީ މީހެއްގެ އިހުމާލުން ކަމަށް ބުނެފައެވެ.