މުހައްމަދު އައުޒަމް
ޔޫކޭގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ފްލައިޓު ދަތުރުތަކަށް ބުރޫ އަރައިފިއެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އޮފިޝަލަކު ވަނީ އެގައުމުގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން އެތައް ސަތޭކަ ފްލައިޓަކަށް އޭގެ އަސަރު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އޮފިޝަލު ވަނީ އަދިވެސް ދިމާވި މައްސަލަ މުޅިން ހައްލު ނުވާކަމަށާއި އެކަމުގެ ސަބަބުން ފްލައިޓު ދަތުރު ތަކަށް ލަސްތަކެއް އަންނާނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.
މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ބެލެވޭ ވަގުތެއް ހާމަކޮށްފައި ނުވާއިރު ބައެއް ފްލައިޓުތައް 12 ގަޑިއިރަށް ވެސް ޑިލޭވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫކޭގެ އެކި ސަރަހައްދު ތަކުގެ އެއާޕޯޓުތަކަށް މިކަމުގެ ސަބަބުން ފަސިންޖަރުން ގިނަވެ ބޮޑެތި އުނދަގޫތަކާއި ވަނީ ކުރިމަތިވެފައެވެ.
އެއާޕޯޓުތަކުގައި ތާށިވެފައިވާ ފަސެންޖަރުން އަންނަނީ އެމީހުންގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.