ދުނިޔެ

ޖަޕާނުން ވެސް ހަނދަށް އުޅަނދެއް ފޮނުވަން ތައްޔާރުވެއްޖެ

މުހައްމަދު އައުޒަމް

ޖަޕާނުން ވެސް ހަނދަށް އުޅަނދެއް ފޮނުވަން ތައްޔާރުވެއްޖެއެވެ.

ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ބުނެފައިވާ ގޮތުގައި އެ ގައުމުން ފަށަން ތައްޔާރުވާ ''ކްރިސިމް'' މިޝަންގައި ފޮނުވާ އުޅަނދު މިއަދުގެ ވަގުތެއްގައި ހަނދަށް ދާން އުދުއްސައިލާނެއެވެ.

ޖަޕާނުގެ ޖައްވީ އިދާރާއިން ބުނެފައިވާ ގޮތުގައި ހަނދުގައި ދިރާސާތައް ކުރުމަށް ފަށާ އެމިޝަންގައި ބޭނުންކުރާ އުޅަނދުގައި ހިމަނާފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސަބަބުން ހަނދުގައި އެ އުޅަނދު ތިރިކުރުމަށް ބޭނުންވާ ޕޮއިންޓު ދައްކާލުމުން އަމިއްލައަށް ތިރިކުރުމުގެ ގާބިލުކަން ލިބިފައިވާނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދެފަހަރެެއްގެ މަތިން ލަސްކުރުމަށްފަހު މިއަދު ހާއްސަ ރޮކެޓެއްގައި ޖައްވަށް އުދުއްސާލުމަށް ހަމަޖެހިފައިވަނީ ޖަޕާނު ގަޑިން 07:55 ގައެވެ.

ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ ''މޫން ސްނައިޕަރު' ގެ ނަމުން ނަން ދީފައިވާ އެ އުޅަނދުގައި ޖައްވުގެ ދިރާސާތަކެއް ކުރެވޭނެ ބާރުގަދަ ޑިވައިސްތައް ހަރުކޮށްފައި ހުރެއެވެ.