އެމްއެންޑީއެފް

އެރިޔަދޫގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދަނީ

އދ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އެރިޔަދޫގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 2:40 ހާއިރު އެރިޔަދޫގައި އަލިފާންރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އަދި އަލިފާން ނިއްވުމުގައި ކައިރި ރިސޯޓުތަަކުންނާއި މާމިގިލީ އެއާޕޯޓްގެ ފަޔަރު ޓީމާއި ފުލުހުން މަސައްކަތްކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މާމިގިލީގައި ތިބި ވޮލަންޓިއަރު ފަޔަރު ޓީމާއި އާންމުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވާކަމަށާއި ރަށުގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދާކަމަށް ފުލުހުން ބުންޏެވެ.