ދުނިޔެ

އިނގިރޭސިވިލާތުން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެ

މުހައްމަދު އައުޒަމް

އިނގިރޭސިވިލާތުން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިއްޖެއެވެ.

އިނގިރޭސި ހެލްތު ސެކިއުރިޓީ އެޖެންސީން ވަނީ ކޮވިޑް-19ގެ އާ ވޭރިއަންޓެއް އެ ގައުމުން ފެނިފައިވާ ކަމަށާއި އިއްޔެ އެ ވޭރިއަންޓަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުން އާ ވޭރިއަންޓަށް އިއްޔެ މީހަކު ޕޮޒިޓިވް ވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން ވަނީ ކޮވިޑުގެ އާ ވޭރިއަންޓެއް އުޅޭ ކަމަށް ބުނެ، އެ ވޭރިއަންޓް ޓްރެކް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އާ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން އިސްރާއީލާއި ޑެންމާކު ހިމެނެއެވެ.

އާ ވައިރަންޓަށް އިނގިރޭސިވިލާތުން މީހަކު ޕޮޒިޓިވްވުމާއެކު އެގައުމުން ވަނީ އެމީހާއާ ގުޅުންހުރި މީހުން ޓެސްޓުކުރުމަށް ކޮންޓެކްޓް ޓްރޭސް ކުރަމުންނެވެ. އިނގިރޭސި އޮފިޝަލުން ވަނީ ޕޮޒިޓިވްވި މީހާ އެއްވެސް އެހެން ގައުމަަކަށް ދަތުރުކޮށްފައިނުވާ ކަމަށް ބުނެފައެވެ.

ކޮވިޑުގެ އާ ވޭރިއަންޓަކީ ބީއޭ.2.86 އެވެ.