ފްލޮރިޑާގެ މިޔާމީން ޗިލީގެ ސަންޓިއާގޯއަށް ދަތުރުކުރި ފްލައިޓެއްގެ ޕައިލެޓެއްގެ ހާލު ދެރަވެގެން އިމަޖެންސީކޮށް ފްލައިޓް ޖައްސައިފިއެވެ.
ޖުމުލަ 271 ފަސިންޖަރުންނާ އެކު ދަތުރުކުރި ލަޓަމް އެއާވޭސްގެ އެ ފްލައިޓް އިމަޖެންސީގައި ޖައްސާފައި ވަނީ ޕަނަމާގެ ޓޮކުމަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ލަޓަމް އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕަނަމާއަށް ފްލައިޓް ޖެއްސުމާއެކު ހާލު ދެރަވި ޕައިލެޓަށް އަވަސްފަރުވާ ދިން ކަމަށާއި ނަމަވެސް މާގިނައިރުތަކެއް ނުވެ ޕައިލެޓް މަރުވެފައިވާ ކަމަށެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގަިއ، ޕައިލެޓަށް ސިއްހީ މައްސަލަ ދިމާވީ ފްލައިޓުގެ ފާހަނަ ތެރެއަށް ވެއްޓިގެންނެވެ. އަދި އެމަޖެންސީގައި ފްލައިޓް ޖައްސަންދެން ޕައިލެޓަށް އަވަސްފަރުވާ ދިން ކަމަށް ބުނެފައިވެއެވެ.