ދުނިޔެ

އިކުއެޑޯގެ އެތައް ހާސް ސިފައިން ނިކުމެ އެގައުމުގެ އެންމެ ބޮޑު ގޭންގު ލީޑަރު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

އިކުއެޑޯގެ އެތައް ހާސް ސިފައިން ނިކުމެ އެގައުމުގެ އެންމެ ބޮޑު ގޭންގު ލީޑަރު ހައްޔަރުކޮށްފިއެވެ.

ފިޓޯގެ ނަމުންނަންދީފައިވާ ޖޯސް އަޑޮލްފޯ އަކީ އިކުއެޑޯގެ އެންމެ ބާރުގަދަ ގޭންގު ލީޑަރެވެ. ފިޓޯ ހައްޔަރުކޮށްފައިވަނީ އެ ގައުމުގައި ކުރިޔަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރިޔާސީ ކެނޑިޑޭޓް ފެރްނާންޑޯ ވިލަވިސެންސިއޯ މިދިޔަ ބުދަ ދުވަހު މަރާލުމުގެ ކުށުގައެވެ.

އިކުއެޑޯގެ ސިފައިންގެ އޮފިޝަލަކު ވަނީ ފިޓޯ ވަނީ ރިޔާސީ ކެނޑިޑޭޓް ފެރްނާންޑޯ ވިލަވިސެންސިއޯ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ބުނެފައެވެ.

ވިލަވިސެންސިއޯ މަރާލާފައިވަނީ ކެމްޕެއިން ރެލީއެއް ނިންމާލި ވަގުތު ބަޔަކު އޭނާގެ ބޮލަށް ބަޑި ޖަހައިގެންނެވެ. ވިލަވިސެންސިއޯގެ މަރާއެކު އޭނާ ނިސްބަތްވާ ޕާޓީ އިން ވަނީ ރަނިންމޭޓްގެ ނަން ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހަޅާފައެވެ.

ވިލަވިސެންސިއޯ މަރާލުމުގެ ކުށުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ކޮލަމްބޮޔާގެ ހަމީހުން ހައްޔަރުކޮށްފައެވެ. ހަތްވަނަ މީހާ ވަނީ އިކުއެޑޯގެ ފުލުހުން ބަޑި ޖަހައި މަރާލާފައިކަމަށް ފުލުހުން ބުނެއެވެ.

އިކުއެޑޯގެ ގޭންގު ލީޑަރު ފިޓޯ ހައްޔަރުކުރުމަށްފަހު އޭނާ ވަނީ އެގައުމުގައި ހުންނަ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލުގައި ބަންދުކޮށްފައެވެ.