ދުނިޔެ

ފެކްޓްރީ ތަކުގައި ހަތިޔާރު އުފެއްދުން އިތުރުކުރުމަށް ކިމް ޖޮންގް އުން ގޮވާލައިފި

މުހައްމަދު އައުޒަމް

ފެކްޓްރީ ތަކުގައި ހަތިޔާރު އުފެއްދުން އިތުރުކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގޮވާލައިފިއެވެ.

ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ އެގައުމުގެ ޑިފެންސްގެ ގާބިލުކަން އިތުރުކުރުމަށް އިތުރު މަސައްކަތް ކުރާން ޖެހޭ ކަމަށް ފާހަގަކުރައްވައިފައެވެ. ހަތިޔާރު އުފެއްދުން އިތުރުކުރާން ޖެހެނީ މި ސަބަބަކަށް ޓަކައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފުތާގެ ބަންދުގައި އުތުރު ކޮރެއާގެ ހަތިޔާރު ފެންޓްރީތަކަށް ކިމް ވަނީ ޒިޔާރަތް ކުރައްވައި، އެތަންތަނުގެ މަސައްކަތް ބައްލަވައިލައްވައިފައެވެ. ކިމް ވަނީ އެގައުމުގައި އުފައްދާ މިސައިލުތަކާއި ކުދި ހަތިޔާރުގެ އިތުރުން ބޮޑެތި ހަތިޔާރު އުފެއްދުންވެސް އިތުރުކޮށް ގާބިލުކަށް މިހާރަށްވުރެ އިތުރުކުރަން ޖެހިފައިވާކަމަށް ފާހަގަކުރައްވައިފައެވެ.

އުތުރު ކޮރެއާއިން ވަނީ އެގައުމުން އުފައްދާ މިސައިލުތައް ޓެސްޓު ކުރުން ވެސް އިތުރު ކޮށްފައެވެ.

ކިމް ވަނީ އެގައުމުގައި އުފައްދާ ހަތިޔާރު އެންމެ ފަހުގެ ޓެކްނޮލޮޖީގެ އިތުރުން އާ އީޖާދުތައް ބޭނުން ކޮށްގެން ހަރުދަނާ އުފެއްދުންތަކެއް އުފެއްދުމަށް ފެކްޓްރީތަކަށް އަންގަވައިފައެވެ.

ދެކޮރެއާ ގުޅޭ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވަމުންދާއިރު ދެކުނު ކޮރެއާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އުތުރުކޮރެއާގެ ސިފައިންނާދެމެދު ހަމަލާތައް މަދުމަދުން ނަމަވެސް ބަދަލުކުރަމުންދެއެވެ.