ދުނިޔެ

ބްރެޒިލްގެ ޑުރަގް ގޭންގުތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 43 މީހުން މަރާލައިފި

މުހައްމަދު އައުޒަމް

ބްރެޒިލްގެ ޑުރަގް ގޭންގުތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 43 މީހުން މަރާލައިފިއެވެ.

ބްރެޒިލްގެ އެކި ސަރަހައްދުތަކުގައި ހިންގި އެ އޮޕަރޭޝަންގައި ރިއޯ ޑި ޖެނޭރޯއިން 10 މީހުން މަރާލާފައިވާއިރު، ސައު ޕައުލޯއިން 14 މީހުން މަރާލާފައިވެއެވެ. އަދި އެ ގައުމުގެ އިރުއުތުރުގައި އޮންނަ ބާހިޔާ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 19 މީހުން މަރާލާފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ސައު ޕައުލޯގައި ހިންގި އޮޕަރޭޝަންގައި 58 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޮޕަރޭޝަންގެ ތެރެއިން 385 ކިލޯގެ ޑުރަގާއި ގިނަ އަދަދެއްގެ ހަތިޔާރުވެސް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގެ ފުލުހުން ވަނީ އެ ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ހިންގާ ގޭންގު ކުށްތައް ހުއްޓުވުމަށް ނިންމައި ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.