ތުރެޑްސް އެޕް ބޭނުންކުރާ މީހުންގެ އަދަދު 50 ޕަސެންޓް މަދުވެއްޖެއެވެ.
މެޓާއިން ޓުވިޓާ އާއި ވާދަކުރުމަށް އުފެއްދި އެޕް "ތުރެޑްސް" ބޭނުން ކުރަންފެށި މީހުންގެ ތެރެއިން މިހާރު އެ އެޕް ބޭނުންކުރަނީ %50 މީހުން ކަމަށް މާކް ޒަކަބާގް ވިދާޅުވެފައިވެއެވެ.
މާކް ވަނީ ފޯން ކޮންފަރެންސް މެދުވެރިކޮށް ތުރެޑްސް އެޕްގެ މުވައްޒަފުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ.
ތުރެޑްސް އެޕް ލޯންޗު ކުރި ހަފުތާގައި އެކަނި 100 މިލިއަނަށްވުރެން ގިނަ މީހުން އެއެޕަށް ވަން ނަމަވެސް އެޕު ބޭނުން ކުރަނީ އެއިން ދެބައިކުޅައެއްބައި މީހުން ކަމަށް މާކް ވަނީ ވިދާޅުވެފައެވެ.
ތުރެޑްސް އެޕް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފީޗާތަކެއް ތައާރަފުކޮށް ބޭނުންކުރާ ފަރާތްތަކުގެ ހިތްޖެހުމަށް އިތުރު ކަންތައްތަކެއް ކުރުމަށް މާކް ވަނީ މުވައްޒަފުންނަށް އަންގަވައިފައެވެ.
މެޓާއިން ވަނީ ތުރެޑްސް އެޕް ލޯންޗު ކުރިފަހުންވެސް ގިނަ އަޕްގްރޭޑްތަކެއް ގެނެސްފައެވެ.
މެޓާ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ޓްވިޓާ އާއި ވާދައަށް ތުރެޑްސް އެޕް ނެރުމާއެކު ޓުވިޓާއިން ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ޓްވިޓާއިން ވަނީ ތުރެޑްސްއާއި ވާދައަށް ވެސް އެއެޕަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓުވިޓާގެ ލޯގޯވެސް މިހާރުވަނީ ބަދަލުކޮށްފައެވެ.