މުހައްމަދު އައުޒަމް
އެމެރިކާ ސިފައިންގެ ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކޮށްފިއެވެ.
ސިފައިންގެ ކޮމާންޑަރަކަށް އައްޔަން ކޮށްފައިވަނީ ކުރީގެ ލެފްޓިނެންޓް ޖެނެރަލް ލައުރާ ޖޭ ރިޗާޑްސަންއެވެ. ހަތް ލައްކައަށް ވުރެ ގިނަ ސިިފައިންގެ ބޮޑު ފޯސްއެއް ހިމެނޭ އެމެރިކާގެ ސިފައިންގެ ކޮމާންޑަރަކަށް ކަނބަލަކު އައްޔަން ކުރުން ވެގެންދިޔައީ އެމެރިކާގެ ތާރީހު ބަދަލުކޮށްލާ ވަރުގެ ކަމަކަށެވެ.
ރިޗާޑްސަން ވަނީ 1986 އިން 2012 އަށް އެމެރިކާ ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމު ވެސް ފުރުއްވައިފައެވެ. ރިޗާޑްސަން އެމެރިކާ ސިފައިންގެ ކޮމާންޑަރަކަށްވީ ކުރިން އެމަގާމުގައި ހުރި އަބްރަމްސްގެ މަގާމު ބަދަލުކުރުމުންނެވެ. އަބްރަމްސް ވަނީ ކޮރެއާގައި ހުންނަ އެމެރިކާގެ ސިފައިންގެ ފޯސްގެ ކޮމާންޑަރަކަށް ހަމަޖައްސައިފައެވެ.
އެމެރިކާގެ ޑިރެކްޓަރ އޮފް ޕަބްލިކް އެެފެއާޒް ލޯހޯން ވިދާޅުވެފައިވަނީ އިންޓަރިމް މުއްދަތު ނިމެންދެން ކުރިން ހުރި ރޭންކްގައި ހުންނާނެ ކަމަށެވެ. އަދި ރިޗާޑްސަންއަށް ތައުރީފުކޮށް ވިދާޅުވީ އެވަރުގެ ބޮޑު ފައުޖެއްގެ ކޮމާންޑަރަކަށް އެންމެ އެކަށީގެންވާ މީހަކީ ރިޗާޑްސަން ކަމަށެވެ.