މއ. ސީނުއާގޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ސީނުއާގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދެބުރިއަށް ހަދާފައި ހުރި ގުދަނެއްގެ ތިރީބައިގައި ހުރި ޗާކޯލް އާއި އެހެނިހެން ސާމާނުތަކުގައި ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 7:44 ގައި ކަމަށް ބުނެފައިވެއެވެ. އަލިފާން ނިއްވާލެވުނީ މިރޭ 8:02 ގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.