އެޕަލް ލޯގޯޖެހި ބޫޓެއް ވިއްކާލަން ޖެހުމާއެކު އޭގެ އަގު 50،000 ޑޮލަރަށް އަރައިފިއެވެ.
އެޕަލްގެ ލޯގޯ ޖަހާފައިވާ ހުދުކުލައިގެ އެ ބޫޓަކީ 1990 ވަނަ އަހަރު އެޕަލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޭއްވި ސޭލްސް ކޮންފަރެންސެއްގައި ބަހާފައިވާ ބޫޓެކެވެ.
އޮމެގާ ސްޕޯޓްސް އިން އުފައްދާފައިވާ އެ ބޫޓަކީ ބާޒާރަށް ވިއްކަން ނެރެފައިވާ ބޫޓެކެވެ. ނަމަވެސް ބޫޓުގެ އަގު މިވަނީ މިހާރު އެޕަލް އިން ވިއްކާ އައިފޯނުގެ އިތުރުން މެކްބުކްގެ އަގަށްވުރެން އަގު ބޮޑު އެއްޗަކަށް ވެފައެވެ.
ވިއްކުމަށް ޖަހާފައިވާ އެ ބޫޓު ގިނަދުވަސްވެ އޭގެ ކުލައަށް ބަދަލު އައިސްފައިވާއިރު އެ ބޫޓު ބަންދު ކޮށްފައިވާ ފޮށީގެ ސަބަބުންވެސް ބޫޓަށް ވަނީ ބަދަލު އައިސްފައެވެ.