ދުނިޔެ

ކާރު އެކްސިޑެއްޓެއްގެ މައްސަލައެއްގައި ނިއު ޒިލެންޑްގެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

މުހައްމަދު އައުޒަމް

ކާރު އެކްސިޑެއްޓެއްގެ މައްސަލައެއްގައި ނިއު ޒިލެންޑްގެ ޖަސްޓިސް މިނިސްޓަރު ކިރީ އައްލާން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އެކްސިޑެންޓް ވެފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވަނިކޮށެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ތަހުގީގު ފެށުމުން މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އަދި ނިއު ޒިލެންޑުގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވަނީ އޭނާގެ އިސްތިއުފާ ބަލައިގެންފައެވެ.

އެ ގައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކިރީ ވަނީ އެކްސިޑެންޓް ވުމުން އެ ސަރަހައްދަށް ދިޔަ ފުލުހުންގެ އަމުރަށްވެސް ނުކިޔަމަންތެރިވެފައެވެ.