ދުނިޔެ

ޓްވިޓާގެ ލޯގޯ ބަދަލުކުރަނީ

މުހައްމަދު އައުޒަމް

ޓްވިޓާގެ ލޯގޯ ބަދަލުކުރުމަށް އެ ކުންފުނީގެ ވެރިޔާ، އެލަން މަސްކު ނިންމައިފިއެވެ.

އެލަން މަސްކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާގައި މިހާރު ފެންނަ ލޯގޯ "ނޫކުލައިގެ ދޫނި" ވަރަށް އަވަހަށް ގެއްލޭނެ ކަމަށެވެ. އަދި ދެން ދެން ފެންނާނީ ކަޅު ކުލައިގެ އެކްސް އަކުރެއް ކަމަށްވެސް ބުންޏެވެ.

ސާޅީސް ހަތަރު ބިލިއަން ޑޮލަރަށް އެލަން މަސްކު ޓްވިޓާ ގަތީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެއަށްފަހު ބޮޑެތި ބަދަލުތަކެއް ޓްވިޓާއަށް ވަނީ ގެނެސްފައެވެ.

ނަމަވެސް ޓްވިޓާއާއި އެއްގޮތަށް މެޓާގެ ތްރެޑްސް ލޯންޗު ކުރުމާއެކު ޓްވިޓާގެ ޑިމާންޑު ވަނީ ވެއްޓިފައެވެ. އަދި އެކަމުގެ ސަބަބުން ޓްވިޓާ ހިންގުމަށް މާލީ ދަތިތަކެއް ހުރި ކަމަށް ބުނެ ޓްވިޓާ ބަނގުރޫޓު ވެދާނެ ކަމަށް އެލަން މަސްކު ވަނީ ބުނެފައެވެ.