ސައުދީން އިންޓަޕޯލް އަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފިއެވެ.
ސައުދީން މި ދިން އެހީއަކީ އިންޓަޕޯލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާ ތަހުގީގުތައް ފުޅާކޮށް ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ ޕްރޮގްރާމަށް އެހީތެރިވުމަށް ދިން އެހީއެއްކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
ސައުދީން ދީފައިވާ އެހީގެ ސަބަބުން އެ ގައުމުގައި އިންޓަޕޯލުން ކުރިޔަށް ގެންދާ ސަލާމަތީ ކަންކަމާބެހޭ މިޝަންތަކުގެ ފުރިހަމަކަން އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިންޓަޕޯލްގެ އައި ކޯ ޕްރޮގްރާމްގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތް ޑިޖިޓަލައިޒް ކުރެވިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޓަޕޯލުން ވަނީ ސައުދީގެ ބޯޑަރުގެ ސަލާމަތީ ކަންކަމުގެ އިތުރުން އެ ގައުމުގެ ފުލުހުންގެ ހިދުމަތަށް ޓެކްނޮލޮޖީގެ އާ އީޖާދުތައް ބޭނުންކޮށް ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކޮށްފައެވެ.