ދުނިޔެ

މިއަދު މެންދުރުފަހު ގެފުޅުގެ މައްޗަށް އިރު އޮލަނބުވާނެ

މުހައްމަދު އައުޒަމް

މިއަދު މެންދުރުފަހު، މާތްވެގެންވާ ގެފުޅުގެ މައްޗަށް އިރު އޮލަނބުވާނެއެވެ.

ސައުދީގެ ކަމާބެހޭ އިދާރާއިން ވަނީ މިއަދު އެގައުމުގެ ގަޑިން 12:26 ގައި (ރާއްޖެ ގަޑިން 14:26) ގައި އިރު ހުންނާނީ ގެފުޅާއި ދިމާލުން އޮލަނބަށް ކަމަށް ބުނެފައެވެ.

ކޮންމެ އަހަރަކު ދެފަހަރެއްގެ މަތީން އިރު ގެފުޅާއި އޮލަނބަށް ސީދާވެގެން ދެއެވެ. މިކަމުގެ ސަބަބުން އެވަގުތު ގެފުޅުގެ އެއްވެސް ދިމާލަކުން ހިޔަނީގެ އަސަރެއް ފެންނާކަށް ނުހުންނާނެއެވެ.

އެވަގުތު އިރު ހުންނާނީ ގެފުޅާއި 152 މިލިއަން ކިލޯމީޓަރުގެ އުހުގައެވެ.

އިރު ގެފުޅާއި ސީދާވާ ވަގުތު ދުނިޔޭގައި އިރުގެ އަލިކަން ލިބޭ ކޮންމެ ހިސާބެެއްގައި ބިންމަތީގައި ސީދަލަށް ހުންނަ އެއްޗެެއްގެ ހިޔަނި ހުންނާނީ ސީދާ ގިބުލައަށެވެ.

މެއި މަހުގެ 28 ވަނަދުވަހު އިރު ގެފުޅާ ދިމާލުން ސީދާވި ވަގުތު --

މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުވެސް އިރު ވަނީ ގެފުޅާއި އޮލަނބުވެފައެވެ. ދެން އިރު އޮލަނބަށް ގެފުޅާއި ހަމަވާނީ އަންނަ އަހަރުގެ މެއި މަހުގައެވެ.