އެއްގަޑިއިރު ތެރޭ 3،249 ޕުޝްއަޕް ހަދައިގެން، ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.
އޮސްޓްރޭލިއާއަށް އުފަން އުމުރުން 30 އަހަރުގެ ޑަނިއެލް ސްކާލީ ވަނީ މީގެ ކުރިން 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގައިވެސް އެއްގަޑިއިރުތެރޭ 3182 ޕުޝްއަޕް ހަދައި ދުނިޔޭގެ ރެކޯޑް ފޮތުން ދާގަ ހޯދައިފައެވެ.
ޑަނިއެލް މިދިޔަ އަހަރު ހެދި ރެކޯޑް އެގައުމުގެ ލޫކަސް ހެލްމްކޭ ކިޔާ މީހަކު ވަނީ ވަނީ މިދިޔަ ނޮވެމްބަރު މަހު 3206 ޕުޝްއަޕް ހަދައި ގެއްލުވައިލައިފައެވެ.
ލޫކަސްގެ ރެކޯޑް ފަހަތަށް ޖައްސައި މިފަހަރު ޑަނިއެލް މިވަނީ 3249 ޕުޝްއަޕް ހަދައި އެރެކޯޑް މުގުރާލައިފައެވެ.