ހެރީ ޕޮޓާގެ ވާހަކަ ފޮތެއް ދެ ލައްކަ ރުފިޔާއަށް ވިއްކާލައިފިއެވެ.
މަޝްހޫރު ހެރީ ޕޮޓާ ވާހަކަ ފޮތުގެ ފުރަތަމަ ކޮޕީތަކުގެ ތެރޭގައި ހިމެނޭ ފޮތެއް ނީލަމުގައި ވިއްކާފައިވަނީ 10،500 ޕައުންޑަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 208،147.2 ރުފިޔާއެވެ. ފޮތުގެ ވެރިފަރާތް އެ ފޮތް ގަނެފައިވަނީ 30 ސްޓާލިންގް ޕައުންޑަށެވެ. އެއީ 594.71 ރުފިޔާއެވެ.
ހެރީ ޕޮޓާގެ "ދަ ފިލޯސޮފާސް ސްޓޯން" އަކީ އެ ވާހަކައިގެ އެންމެ ފުރަތަމަ ނެރުނު ވާހަކަތަކުގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. 500 ކޮޕީ އުފައްދާފައިވާ އެ ވާހަކަފޮތުގެ ކޮޕީއެއް ގަނެފައިވަނީ އެމެރިކާގެ ސްޓަފޯޑް ނަމަކަށް ކިޔާ މީހެކެވެ.
ސްޓަފޯޑް ވަނީ މިއަހަރު ކުރީކޮޅު މަރުވެފައެވެ. އަދި އޭނާގެ މުދާ ވަނީ އޭނާ މަރުވި ގޭގައި ރައްކާތެރިކަމާއެކު ބަހައްޓައިފައެވެ. ސްޓަފޯޑް ގަނެފައިވާ ހެރީ ޕޮޓާގެ ފޮތް އެގޭ ތެރެއިން ފެނިފައިވަނީ އޭނާގެ ދައްތައަށް ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެއެވެ.
އެހާ ކުރީގެ ފޮތެއް ފެނުމުން ސްޓަފޯޑްގެ ދައްތަ ވަނީ އެ ފޮތް އޮންލައިންކޮށް ނީލަމަށް ލައިފައެވެ. ނީލަމުން އެ ފޮތް ވިކިފައިވަނީ ހީނުކުރާހާ އަގުބޮޑުކޮށް ކަމަށް ސްޓަފޯޑްގެ ދައްތަ ވަނީ ބުނެފައެވެ.
1997 ގައި ޝާއިރުކޮށްފައިވާ ހެރީ ޕޮޓާގެ އެ ފޮތުގެ 300 ކޮޕީ ވަނީ އެކި ލައިބްރަރީތަކަށް ފޮނުވައިފައެވެ.