ސައުދުﷲ ހިލްމީ

ސައުދުﷲ ހިލްމީ ކެމްޕެއިންގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގދ. ތިނަދޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެވެސް މެންބަރު ސައުދުﷲ ހިލްމީގެ ކެމްޕެއިންގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ބައިވެރިވެވަޑައިންނަވައިފި އެވެ.

ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ތިނަދޫގެ ކެމްޕެއިނެއްގައި ސަރުކާރުގެ ވަޒީރަކު ޑޯޓުޑޯ އެއްގައި ބައިވެރިވެވަޑައިންނެވި ފުރަތަމަ ފަހަރު ކަމަށެވެ.

ޑޯޓުޑޯ ކެމްޕެއިން މަސައްކަތް ކުރެއްވުމުގެ އިތުރުން އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ތިނަދޫގައި ވަނީ ޖަލްސާއެއް ބާއްވައިފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ސަރުކާރުން ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ސައުދުﷲ ކަމަށް އިޝާރާތްކުރައްވައިފައެވެ. އެހެންކަމުން ސައުދުﷲއަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.