މުހައްމަދު އައުޒަމް
ކޮވިޑުގެ ބަލިމަޑުކަމަށްފަހު އަނެއްކާވެސް ފިނިހަކަ ރޭސް މުބާރާތް އަލުން ފަށައިފިއެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފިނިހަކަ ރޭސް އަލުން ފަށާފައިވާ އިރު، މިއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ފިނިހަކަ ރޭސް މުބާރާތެވެ.
ދެހާސް ވިހި ވަނަ އަހަރު ކޮވިޑުގެ ބަލިމަޑުކަން އައުމާއެކު މުބާރާތް ވަގުތީގޮތުން ހުއްޓުވާފައިވާ އިރު، އަލުން މިވަނީ މިއަހަރުގެ މުބާރާތް ފަށައިފައެވެ. މިއަހަރުގެ މުބާރާތް ބާއްވަނީ އިނގިރޭސިވިލާތުގެ ކޮންގްހަމް ގައެވެ.
އިނގިރޭސިވިލާތުގައި 1960 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ކުރިއަށްދާ އެ މުބާރާތް ވަނީ ދުނިޔޭގެ ރެކޯޑު ފޮތުގައި އެންމެ ގިނަ ދުވަސް ވަންދެން ބާއްވާފައިވާ މުބާރާތުގެ ރެކޯޑު ހޯދައިފައެވެ.
ބައިނަލްއަގުވާމީ ފިނިހަކަ ރޭސް މުބާރާތުގައި ފިނިހަކަތައް ޖެހޭނީ 13 އިންޗި ދުގުމިން ހުރަސް ކުރާށެވެ. މުބާރާތުގައި އެންމެ އަވަހަށް 13 އިންޗި ހުރަސްކޮށްފައިވަނީ އާޗީ ނަމަކަށް ކިޔާ ފިނިހަކައެކެވެ. 1995 ގައި އެ ފިނިހަކަ ހޯދި ކާމިޔާބު ވަނީ ދުނިޔޭގެ ރެކޯޑު ފޮތަށްވެސް އަރައިފައެވެ.