މުހައްމަދު އައުޒަމް
ދުނިޔޭގެ ރެކޯޑެއް ހެދުމަށް މަސައްކަތް ކުރި މީހަކު ހާލުގައިޖެހި އެހީއަށް އެދިއްޖެއެވެ.
ކްރިސްޓޮފާ ކެމް ކެމެރަން ނަމަކަށް ކިޔާ އެމީހާ ވަނީ އެޓްލާންޓިކް ކަނޑުގައި އޮންނަ ކުޑަ ކުޑަ ރަށެއްގައި 60 ދުވަސް ހޭދަކޮށް ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދުމަށް މަސައްކަތް ކޮށްފައެވެ.
8440 އަކަފޫޓުގެ ފަރުބަދަމަތީ އެރަށުގައި އޭނާ 60 ދުވަސް ހޭދަކޮށް އޭނާގެ މަގުސަދަކަށްވީ މިލިޓަރީ ޗެރަޓީއަކަށް އެހީވުމަށެވެ.
ކެމެރަން އެރަށުގައި ހޭދަކުރި ފުރަތަމަ ރޭ ވަނީ މޫސުން ގޯސްވެ، ރާޅު އަރައި، އޭނާ ގެންގުޅުނު ސާމާނުތައް އޮޔާ ގޮސްފައެވެ.
މޫސުން ގޯސްވެ ކެމެރަންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވުމާއެކު އޭނާ ވަނީ އެރަށުން ސަލާމަތް ކޮށްފައެވެ. ރެސްކިއުޓީމު ތަކުން ކެމެރަން ސަލާމަތްކޮށްފައި ވަނީ ބޮޑު މިޝަން އެއް ކުރިޔަށް ގެންގޮސްގެންނެވެ.