ދުނިޔެ

އެމެރިކާ އިސްވެ އޮވެ، ގެއްލުނު ސަބްމެރިންގެ ތަހުގީގު ރަސްމީކޮށް ފަށައިފި

މުހައްމަދު އައުޒަމް

1

އެމެރިކާ އިސްވެ އޮވެ، ގެއްލުނު ސަބްމެރިންގެ ތަހުގީގު ރަސްމީކޮށް ފަށައިފިއެވެ.

ފަސް މީހުންނާއެކު އެޓްލާންޓިކް ކަނޑުގެ އަޑީގައި އޮތް ޓައިޓޭނިކް ބެލުމަށް އެ ސަބްމެރިންގައި ކުރި ދަތުރު ފެށުނުތާ 45 މިނިޓެ ފަހުން ސަބްމެރިންގެ ހަބަރު ހުސްވެ ރެސްކިއު ޓީމުތަކުން ވަނީ އެ ހޯދަން ފަށައިފައެވެ. އޮފިޝަލުން ވަނީ ސަބްމެރިން ޕްރެޝަރު މަތިވެ ފަޅައިގެން ގޮސް އޭގެން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާ ކޯސްޓްގާޑުގެ ކެޕްޓަން ޖޭސަން ނެބައުޔާ ލީޑު ކުރާ މި ތަހުގީގުގެ ބޭނުމަށް އެންޓާޓިކް ކަނޑަށް ސަބްމެރިން ގެއްލުނުކަމަށް ބެލެވޭ ސަރަހައްދު ވަކިކޮށް މެޕް ކޮށްފައިވެއެވެ.

އެމެރިކާ އިން އިސްނެގި މި ތަހުގީގުގައި ކެނެޑާގެ އިތުރުން ފްރާންސް އާއި އިނގިރޭސިވިލާތުގެ ތަހުގީގީ ޓީމުތައް ބައިވެރިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ތަހުގީގީ އެކްސްޕާޓުންވެސް ބައިވެރިވާ ކަމަށް ބުނެފައިވެއެވެ.

ސަބްމެރިންގެ މައި ބޯޓު މެދުވެރިކޮށް ތަހުގީގީ ޓީމުތަކުން ބައެއް މައުލޫމާތު އެއްކުރަމުންދާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ ކޯސްޓްގާޑުން ތަހުގީގު ފަށާފައިވީ ނަމަވެސް، މި ތަހުގީގު ކުރިއަށްދާނީ ކްރިމިނަލް ތަހުގީގެއްގެ ގޮތުގައި ކަމެއް ނުވަތަ ދާހިލީ މައްސަލައެއްގެ ގޮތުގައި ކަމެއް އަދި ނިންމައިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟