އެލޮން މަސްކުގެ ޓްވިޓާ އެކައުންޓް ހެކުކުރި މީހާ ފަސް އަހަރަށް ޖަލަށް ލައިފިއެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އެލޮން މަސްކުގެ ޓުވިޓާ އެކައުންޓް ހެކުކުރި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯސެފް އޮކްނޯ ވަނީ ޖުލައި 2020 ގައި 130 ޓްވިޓާ އެކައުންޓް ހެކުކޮށްފައެވެ.
އޭގެ ތެރޭގައި އެލޮން މަސްކުގެ އިތުރުން ބަރަކް އޮބާމާއާއި ޖޯ ބައިޑަންގެ ޓްވިޓާ އެކައުންޓް ހިމެނެއެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުން 24 އަހަރުގެ ޖޯސެފް ވަނީ އޭނާ ހެކްކުރާ އެކައުންޓްތައް ބޭނުންކޮށްގެން ބިޓްކޮއިން ސްކޭމްތައް ހިންގާފައެވެ.
ޖޯސެފްގެ މައްޗަށް އެެމެރިކާގެ އެޓާނީ އޮފީހުން އުފުލި ސައިބާ ކްރައިމްގެ ކުށް ސާބިތު ވުމާއެކު އޭނާ ފަސް އަހަރަށް ޖަލަށް ލުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 800،000 އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.