މުހައްމަދު އައުޒަމް
ޖަލުގައި އޮންނެވި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ދަރިކަލުން ހަނިބަލް ގައްޒާދީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ހަނިބަލް ގައްޒާފީ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އޭނާ އޮންނެވި ޖަލުގައި ފެއްޓެވި ހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން ހާލު ދެރަވުމުންނެވެ. ޝަރީއަތެއް ނުކޮށް ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމާ ދެކޮޅަށް އޭނާ އެ ހަޅުތާލު ފެއްޓެވީ މި މަހުގެ ކުރީކޮޅެވެ.
ލީބިއާގައި ހުންނަ ފްރާންސްގެ ހޮސްޕިޓަލެއްގައި ހަނިބަލްއަށް ފަރުވާދެމުންދާ އިރު އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ސިޔާސީ ރެފިއުޖީ އަކަށްވެގެން ސީރިއާގައި ދިރިއުޅުއްވަމުން ދަނިކޮށް ހަނިބަލް ރަހީނުކޮށްގެން ލުބުނާނަނަށް ގެންދިޔައީ 2015 ވަނަ އަހަރުއެވެ. އޭރުން ފެށިގެން އޭނާ ހުރީ ލުބުނާނުގެ ޖަލެއްގައި ބަންދުކޮށްފައެވެ.