ކޮވިޑް ވައިރަސް އުފެދުނީ ޗައިނާއިން ނޫން ކަމަށް އެމެރިކާއިން ނެރެފައިވާ އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެއްޖެއެވެ.
އެެމެރިކާގެ ދަ އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް އިން ނެރެފައިވާ އިންޓެލިޖެންސް ރިޕޯޓަކުން ހާމަވާގޮތުން ކޮވިޑް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ލެބަކުން ލީކުވެގެން ކަމެއް ނުވަތަ ބަޔަކު ބަޔޮލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި އުފެއްދި އެއްޗަކުން ކަމެއް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތެވެ.
10 ސަފުހާގެ އެ ރިޕޯޓުގައި ވާ ގޮތުން ކޮވިޑް ފެތުރިފައިވާކަމަށް ބޮޑަށް ބެލެވެނީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ކަމަށެވެ.
2021 ވަނަ އަހަރު ޗައިނާ އާއި ޑަބްލިއުއެޗްއޯ ގުޅިގެން ހިންގި ތަހުގީގުގައި ވެސް ވަނީ ކޮވިޑް ފެތުރެން ފެށީ ޗައިނާގެ ލެބޯޓަރީއަކުން ލީކުވި ވައިރަހަކުން ކަމަށް ނިންމޭނެ ފުރުސަތު ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ހާއްސަކޮށް އެމެރިކާއިން ދިޔައީ ޗައިނާއަށް މިކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
ކޮވިޑް ވައިރަސް ވެފައިވަނީ ދުނިޔޭގައި މިހާތަނަށް ފުތުރިގެން ދިޔަ އެންމެ ނުރައްކާތެރި ވައިރަސް ކަމުގައެވެ.