ދުނިޔެ

ޓެސްލާ އިން އިންޑިއާގައި އިންވެސްޓު ކުރަން ނިންމައިފި

މުހައްމަދު އައުޒަމް

ޓެސްލާ އިން އިންޑިއާގައި އިންވެސްޓު ކުރުމަށް ނިންމައިފިއެވެ.

ޓެސްލާގެ ސީއީއޯ އެލަން މަސްކް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ބައްދަލުކުރައްވާފައިވާ އިރު، އެލަން މަސްކު ވަނީ އިންޑިއާއަށް ވަރަށް އަވަހަށް ޓެސްލާ އަންނާނެ ކަމަށް ބުނެފައެވެ.

އިންޑިއާ ސަރުކާރުން ވަނީ އެގައުމުން ރަސްމީކޮށް އެލަން މަސްކްއަށް އެގައުމަށް ޒިޔާރަތްކޮށް އެގައުމުގައި ހުރި އިންވެސްޓް ކުރެވިދާނެ ދާއިރާތައް ބަލައި ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނެފައެވެ.

މިހާރުވެސް ޓެސްލާއިން ވަނީ އިންޑިއާގެ މާކެޓަށް ވަނުމަށް ދިރާސާތައް ފަށައިފައެވެ.

ބެޓެރިން ދުއްވާ ކާރު އެންމެ ފުޅާދާއިރާއެއްގައި އުފައްދާ ޓެސްލާ އިން ވަނީ އިންޑިއާގައި ކާރު އުފައްދާ ފެކްޓަރީ އެއް ހެދުމަށް އެގައުމުގެ ކަމާބެހޭ މިނިސްޓަރުންނާ އެކުމިދިޔަ މަހު މަޝްވަރާ ކުރަން ފަށައިފައެވެ.

މަސްކު ވަނީ ޓެސްލާގެ އިތުރުން ސްޓާލިންކްގެ ސެޓަލައިޓް އިންޓަނެޓް ހިދުމަތްވެސް އިންޑިއާއަށް ތާރަފްކުރުމަށް ނިންމައިފައެވެ.