މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނުވަ ދާއިރާއަކުން 45 ހުށަހެޅުން ހުށަހަޅައިފައިވާކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން ބުނީ އެކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނުވަ ދާއިރާއަކުން 45 ހުށަހެޅުމެއް ލިބިފައިވާއިރު، މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ހުށަހެޅުމެއް ލިބިފައިވާކަމަށެވެ.
ޖުމްލަ 74 ހުށަހެޅުމެއް އެކައުންސިލަށް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.
ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ޕްރިންޓް އޮންލައިން ކެޓަގަރީން 33 ހުށަހެޅުމެއް، އަދި ބްރޯޑްކާސްޓިންގ ކެޓަގަރީން ހަތެއް، އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމަށް ފަސް ފަރާތެއް، ހުށަހަޅާފައިވާކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.