މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް 10 މެންބަރުން އިންތިހާބު ކޮށްފިއެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބެނީ އެކަމަށްޓަކައި ރަޖިސްޓްރީ ކުރާ މީޑިއާ ތަކަށެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މި އިންތިހާބުގައި، 11 މީޑިއާއަކުން މެންބަރުންނާއި އަމިއްލަ ގޮތުންވެސް 11 ފަރާތް ހިމެނޭހެން ޖުމްލަ 22 ފަރާތުން ވާދަކުރިއެވެ.
މި އިންތިހާބުގައި ވޯޓު ލުމަށްޓަކައި 148 ރަޖިސްޓްރީ ކޮށްފައިވާ އިރު، މީޑިޔާތަކުގެ ބަޔަށް ވޯޓުލީ 139 ފަރާތުންނެވެ. ސައްކަ ވޯޓްގެ އަދަދަކީ 124 އެވެ. ބާތިލް 15 ވޯޓު ހިމެނޭ އިރު، ޖުމްލަ ވޯޓުގެ އަދަދަކީ 139 އެވެ.
އާއްމު މެންބަރުން ހޮވުމަށް ވެސް 139 ފަރާތަކުން ވޯޓުލާފައިވާ އިރު، ސައްހަ ވޯޓުގެ އަދަދަކީ 130 އެވެ. ބާތިލް ވޯޓުގެ ގޮތުގައި ހިމެނެނީ ނުވަ ވޯޓެވެ.
އެމްއެމްސީގެ އިންތިހާބު ބާއްވާފައި މިވަނީ އެމްއެމްސީގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީއެވެ.