ދުނިޔެ

ދުނިޔޭގެ އެންމެ ފުން ޕޫލް ޕޮލެންޑްގައި

މުހައްމަދު އައުޒަމް

ޕޮލެންޑްގައި ހަދަމުންދާ ދުނިޔޭގެ އެންމެ ފުން ޕޫލް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އެބަދެއެވެ.

148 ފޫޓު ފުންމިނުގައި ހުންނަ މި ޕޫލްގައި 8000 ކިއުބިކް މީޓަރުގެ ފެން ހުރެއެވެ. މިއީ އާންމުކޮށް ހުންނަ 25 މީޓަރުގެ ޕޫލް ސައިޒުގެ 27 ގުނަ ބޮޑު ޕޫލެކެވެ.

ޕްރޮފެޝަނަލް ސްކޫބާ ޑައިވަރުންނަށް ހާއްސަކޮށްގެން ހަދާ މި ޕޫލަކީ ފުނަށް ޑައިވް ކުރާ ފަރާތްތަކަށް ކަމުދާނެ ރައްކާތެރި ޕޫލެއްކަމަށް ޑިޒަނަރުން ވަނީ ބުނެފައެވެ.

މި ޕޫލްގެ އަޑީގައި ހުރަސްކުރެވޭ ޓަނަލްތަކުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުތެމި ޕޫލުގެ ރީތިކަން ބަލާލެވޭނެކަމަށް ޑިޒައިނަރުންބުނެއެވެ.

ޕޮލެންޑުގައި ހަދަމުންދާ މިޕޫލްގެ އިމާރާތުގައި ކޮންފަރެންސް ރޫމްތަކުގެ އިތުރުން ޓްރެއިން ހޯލްތަކާއި ގެސްޓް ހައުސްތައް ހުންނާނެކަމަށް އެޕްރޮޖެކްޓުގެ ޑިޒައިނަރުން ބުނެއެވެ.