އެޗްޑީސީ

އެޗްޑީސީ ދޮވެލި މީހުންގެ މިލްކިއްޔާތުން އެއްބައި ދައުލަތަށް ނަގަން ޖެހޭ: ޝެއިޚް އަލީ ޒައިދު

2

ރާއްޖޭގެ މީޑިއާ އެއްގައި ރިޕޯޓު ކޮށްފައިވާ ވާހަކަ އަކީ ތެދެއް ކަމަށް ވާނަމަ، އެޗްޑީސީ ދޮވެލި މީހުންގެ މިލްކިއްޔާތުން އެއްބައި ދައުލަތަށް ނަގަން ޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޢަލީ ޒައިދު މިހެން އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެޗްޑީސީ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މީޑިއާ ތަކުގެ ފަލަ ސުރުޚީ އަށް މި މައްސަލަ އަރާފައިވާ އިރު އޭސީސީން ވެސް އަންނަނީ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ވަނީ އެކި ނަންނަމުގައި ދައުލަތުގެ ފައިސާ ރައީސް ޔާމީންގެ ކެމްޕޭނަށް ޚަރަދު ކޮށްފަ އެވެ. އޭގެ އިތުރުން އެތަނުގެ މުވައްޒަފުންނާއި ވަސީލަތްތައް ވެސް ވަނީ ކެމްޕޭނަށް ބޭނުންކޮށްފަ އެވެ.

ޝެއިޚް އަލީ ޒާހިރު އިތުރަށް ވިދާޅުވީ ފްލެޓްތައް ބަހާފައިވާ ގޮތް މުރާޖައާކޮށް އިންސާފުވެރިކަމާ އެކު އަލުން ބެހެން ވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟