ދުނިޔެ

ކޮލޮމްބިއާގެ ފްލައިޓު ވެއްޓުން: މަންމަ އެދުނީ މަންމަ ދޫކޮށްލައިފައި އެހީ ހޯދަން ދިއުމަށް

މުހައްމަދު އައުޒަމް

ކޮލޮމްބިއާގެ ފްލައިޓު ވެއްޓުނު ހާދިސާ ހިނގުމާއެކު މަންމަ އެދުނީ މަންމަ ދޫކޮށްލާފަ އެހީ ހޯދަން ދިއުމަށް ކަމަށް ހާދިސާގައި ފެނުނު ކުދިންނާ ހަވާލާދީ ރިޕޯޓު ކޮށްފިއެވެ.

ކޮލޮމްބިއާގެ ޖަންގަލީ ތެރެއަށް ވެއްޓުނު ފްލައިޓު ހޯދަނިކޮށް 40 ދުވަސް ފަހުން ފެނިފައިވަނީ އެއިން ދަތުރު ހަތަރު ކުދީންނެވެ.

40 ދުވަހު ޖަންގަލީ ތެރޭގައި އެ ކުދިން ތިބި ތިބުން އެއީ އާދަޔާ ހިލާފު ކަމަކަށް ވެ އެތައްބަޔަކު އަންނަނީ އެކުދީންގެ ހިތްވަރަށް ތައުރީފު ކުރަމުންނެވެ.

ރިޕޯޓަރުންނަށް މައުލޫމާތު ދެމުން އެކުދީންނާ ހަވާލާދީ އެ ކުދީންގެ ބައްޕަ ބުނެފައިވަނީ ފްލައިޓު ވެއްޓުމާއެކު ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން އެ ކުދީންގެ މަންމަ ވަނީ މަންމަ ދޫކޮށް އެހީއަށް އެދުމަށް ދިއުމަށް ބުނެފައެވެ.

އެއްބަނޑު އެއްބަފާ ހަތަރު ކުދިން ވަނީ ދަތި އުނދަގޫ ދުވަސްތަކަކަށް ފަހު ސަލާމަތް ވެފައެވެ. އެ ކުދީންގެ ތެރެއިން އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 13 އަހަރެވެ. ދެން ހުރީ 9 އަހަރުގެ ކުއްޖެއްގެ އިތުރުން ފަސް އަހަރާއި އެއް އަހަރުގެ ކުއްޖެކެވެ.

ހަތަރު ކުދިން ފެނުމާއެކު އޮފިޝަލުން ވަނީ ކޮލޮމްބިއާގެ ވެރިރަށް ބޮގޮޓާގެ މިލިޓަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައެވެ.