މުހައްމަދު އައުޒަމް
މޫސުން ގޯސްވުމުގެ ސަބަބުން، އިންޑިގޯގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެއްޖެ އެވެ.
އިންޑިއާގެ އަމަރިޓްސަރް އިން އަހުމަދު އާބާދަށް ދަތުރު ކުރި އިންޑިގޯގެ ފްލައިޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންކަމުގައި ވީނަމަވެސް ފަހުން ވަނީ ރައްކާތެރިކަމާއެކު އެނބުރި އިންޑިއާގެ ވައިގެ ސަރަހައްދަށް ރުޖޫއަ ވެފައެވެ.
އިންޑިގޯއިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން މޫސުން ގޯސްވެ ޑައިވާޓް ކުރި ފްލައިޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން އޭޓީސީއަށް އެކަން އަންގާފައިވާނެކަން ފާހަގަކޮށްފައިވެއެވެ. އަދި އަނބުރާ އަހުމަދު އާބާދަށް ދެވެންދެން ފްލައިޓުގެ ހުރިހާ މައުލޫމާތުތަކެއް އޭޓީސީއަށް ދެމުން ދިޔަ ކަމަށްވެސް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އިން ވަނީ އެއީ މައްސަލައެއް ނޫންކަމަށާއި ބައިނަލްއަގުވާމީ ގަވާއިދުތަކުން ކުރެވެން އޮންނަ ކަމެއްކަމަށް ބުނެފައެވެ.
މިދިޔަ މަހު ޕާކިސްތާނުގެ ފްލައިޓެއްވެސް ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން އިންޑިއާގެ ވައިގެ ސަރަހައްދަށް ވަދެފައެވެ.