ދުނިޔެ

ޒައިނަބްގެ ޤާތިލް ދަންޖައްސައި މަރާލައިފި

މުހައްމަދު އައުޒަމް

1

އުމުރުން އެންމެ ހަ އަހަރުގައި ރޭޕް ކުރުމަށް ފަހު މަރާލައިފައިވާ ޕާކިންތާނުގެ ޒައިނަބް އަންސާރީގެ ޤާތިލް އިމްރާން އަލީ ދަންޖައްސައި މަރާލައިފިއެވެ.

ޕާކިސްތާނުގެ ޖަލެއްގައި ޒައިނަބް ގެ ޤާތިލް އިމްރާން އަލީ ދަންޖައްސައި މަރާލި މަންޒަރު ބަލަން ޒައިނަބް ގެ ބައްޕަގެ އިތުރުން އާއިލާގެ ބައެއް މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ. ޒައިނަބް ގެ ޤާތިލް ދަންޖެއްސުމުން ހިތްހަމަ ޖެހިއްޖެ ކަމަށް ޒައިނަބް ގެ ބައްޕަ ވަނީ ބުނެފައެވެ.

"އަހަންނަށް ހަމަލޮލުން ފެނުނު އޭނަ ދަންޖެއްސި ތަން. އަދި ދަން ޖެއްސުމަށްފަހު ބައިގަޑިއެއްހާއިރު އޭނާ އެލުވާފައި ހުރި "ރިޕޯޓަރުންނާއި ވާހަކަދައްކަމުން ޒައިނަބްގެ ބައްޕަ ބުންޏެވެ.

ޒައިނަބް ގެ ބައްޕަ އިތުރަށް ބުނީ ޒައިނަބް ދުނިޔޭގައި ހުރިނަމަ މިހާރު އުމުރުން 7 އަހަރާއި 2 މަސް ފުރިދާނެކަމަށެވެ.

ޒައިނަބްގެ ބައްޕަ ވަނީ ޒައިނަބް ގެ ޤާތިލް ދަންޖައްސަން ބޭނުންވަނީ އާއްމުންގެ ކުރިމަތީގައި ކަމަށް ލާހޫރުގެ ހައި ކޯޓުގައި ބުނެފަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ޒައިނަބު ގެއްލިގެން އާއިލާއިން ހޯދަން ފެށިއެވެ. އޭގެ ހަތަރު ދުވަސް ފަހުން ޒައިނަބް ގެ ހަށިގަނޑު ވަނީ ކުނިގޮނޑަކުން ފެނިފައެވެ. ޒައިނަބްގެ ހަށިގަނޑު ފެނުމުގެ ކުރިން ޕާކިސްތާނުގެ ފުލުހުންގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް އާއިލާއިން އޭރު ތުހުމަތުކުރިއެވެ. ޒައިނަބް ގެ އާއިލާއިން ވަނީ އަވައްޓެރިންގެ އެހީއާ އެކު ޒައިނަބްގެ ޤާތިލް ޒައިނަބް ގޮވައިގެން ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ހޯދައި އެވީޑިއޯ އާންމު ކޮށްފައެވެ. އަދި ޒައިނަބް އަށް އިންސާފު ހޯދަން މަސައްކަތް ފަށާފައެވެ.

ޒައިނަބްގެ ޤާތިލް ޒައިނަބް ގޮވައިގެން ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް

މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފުލުހުން ވަނީ ޒައިނަބްގެ ޤާތިލް ގެ ޑީ އެން އޭ ޒައިނަބްގެ ހަށިގަނޑުން ފެނުމުން އޭނާ ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ ޤާތިލް ވަނީ އެކަމަށް އެއްބަސް ވެފައެވެ.

ޒައިނަބް ގެ ޤާތިލް އަށް މަރުގެ ހުކުމް އިއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟