މިއަހަރުގެ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން 1300 ފަރާތެއް ރިޕޯޓްކޮށްފައިވާއިރު ޗިކަން ގުންޔާގެ 421 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ވިދާޅުވީ ޑެންގީ އާއި ޗިކަންގުންޔާ ފެތުރިފައިވާ މިންވަރު ވަނީ އިތުރުވެފައި ކަމަށެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1300 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގައި ރިޕޯޓްކޮށްފައިވަނީ 371 މީހުން ކަމަށް ޒުބައިރު ވިދާޅުވިއެވެ.
ޗިކަންގުންޔާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޗިކަންގުންޔާގެ އައުޓްބްރޭކެއް އެންމެ ފަހުން އައިސްފައިވަނީ 2006 ވަނަ އަހަރު ކަމަށެވެ.
ނަމަވެސް އެއަށްފަހު މަދު މަދުން ޗިކަންގުންޔާގެ މައްސަލަތައް ރިޕޯޓުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުބައިރު ވިދާޅުވީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް މަދުކުރުމަށް ކޮންމެ އަހަރަކުވެސް އަންނަނީ މާލެއާއި އަތޮޅުތަކުގައި ގިނަ މަސައްކަތް ކުރަމުން ކަމަށެވެ.