މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތައް މަދުކުރުމަށް ހެލްތު މިނިސްޓްރީން އެއް މަހުގެ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
މިއަދު ފެށި އެ ކެމްޕެއިނަކީ މަދިރީގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބަލިތައް ކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ފެށި ކެމްޕެއިނެކެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ވިދާޅުވީ މިއަދު ފެށި ކެމްޕެއިނަކީ މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކެމްޕެއިނެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކެމްޕެއިނުގެ ދަށުން ބަލިތައް މަދުކުރުމަށް މަސައްކަތްކުރުމާއި ޑެންގޫ އަދި ޗިކަންގުންޔާ ފަދަ ބަލިތަކާގުޅޭގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ހުރިހާ މުއައްސަސާތަކާ ގުޅިގެން އެ ބަލިތައް ކޮންޓްރޯލްކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީވެސް އެ ކެމްޕެއިންގެ މަގްސަދެއް ކަމަށް ޒުބައިރު ވިދާޅުވިއެވެ.