ސިވިލް ކޯޓް

ޚިދުމަތް މެދުކަނޑައިލި މައްސަލައިގައި ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފި

2

އާންމު ކޮންޓެންޓް ފޮނުވުން ކުއްލި ގޮތަކަށް މެދުކަނޑައިލި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަ (ބްރޯޑްކޮމް)އިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ، ބްރޯޑް ކޮމްގެ ހުއްދަ ނުހޯދައި ހުސްވި 2018 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެ ޓީވީގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލި މައްސަލައާ ގުޅިގެން ރާއްޖެ ޓީވީ ހިންގާ "ރާއްޖެ ޓެލެވިޒަމް ޕްރައިވެޓް ލިމިޓެޑް" ދެހާސް ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން ރާއްޖެ ޓީވީިން ހުށަހެޅި މައްސަލައެކެވެ.

ސިވިލްކޯޓުުން މިއަދު މިއްސަލަ ނިންމައި އިއްވި ހުކުމްގައި ބުނެފައިވަނީ، ފާހަގަ ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިއުންތަކާއި ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތް ކޮށް ބަލާއިރު ރާއްޖެ ޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން މެދުކަނޑާލާފައިވަނީ ބްރޯޑް ކާސްޓް ކުރުމުގެ ގާނޫނާއި، ގަވާއިދާ ހިލާފަށް ބްރޯޑްކޮމް އިން ހުއްދަ ނުހޯދައިކަމަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ބްރޯޑްކޮމް އިން "ރާއްޖެ ޓެލެވިޒަމް ޕްރައިވެޓް ލިމިޓެޑް" ޖޫރިމަނާ ކުރުމަށް ނިންމި ނިންމުމަކީ ޝަރުއީ، އަދި ގާނޫނީ، އުސޫލުތަކާ ހިލާފް ބާތިލް ނިންމުމެއް ކަމުގައި ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް ހުކުމުުން ވަނީ ކަނޑައަލައިފައެވެ.

ބްރޯޑް ކޮމްގެ ހުއްދަ ނުހޯދައި ހުސްވި 2018 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެ ޓީވީގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލުމަކީ، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި، ގަވާއިދާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށްބުނެ ބްރޯޑް ކޮމްއިން "ރާއްޖެ ޓެލެވިޒަމް ޕްރައިވެޓް ލިމިޓެޑް" ޖޫރިމަނާ ކޮށްފައިވަނީ، ދެހާސް ރުފިޔާއިންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟