ލޯންޗެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން މީހަކަށް އަނިޔާ ވެއްޖެއެވެ.
އއ. ކުރިމަތި ރިސޯޓުގެ ފަޅުތެރޭއޮތް ލޯންޗެއްގައި އެއްޗެއް ގޮވާފައި ވަނީ މިއަދު އެވެ. އެގޮތުން އެ ލޯންޗު ސްޓާޓް ކުރަން އުޅުމުގެ ތެރޭ ލޯންޗުގައި އެއްޗެއް ގޮވައި، ލޯންޗުގައި ރޯވުމުގެ ސަބަބުން ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށް ފުލުުން މައުލޫމާތު ދެއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:48 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި އަނިޔާ ވެފައިވަނީ ލޯންޗްގެ ކެޕްޓަނަށެވެ. ނަމަވެސް ކެޕްޓަނަށް ލިބިފައި ވަނީ ކުދިކުދި އަނިޔާ ކަމަށާއި، އއ އަތޮޅު ހަސްފަތާލުން ފަރުވާ ދިނުމަށް ފަހު އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.