ތިން މީހުންނާއެކު ގދ. ފިޔޯރީން ފުރައިގެން ގއ. ދެއްވަދޫއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޑިންގީ ފެނިއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ފިއޯރީ ކައިރިން ދެއްވަދޫއަށް ކަރާ ހިފައިގެން ދަތުރުކުރި ޑިންގީއެއް ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއާރުސީސީއަށް މިއަދު 6:12 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ތިން މީހުންނާއެކު ޑިންގީ ދެއްވަދުއަށް ވަދެފައިވާ ކަމަށް ބުންޏެވެ.
ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ އެ ޑިންގީ ދެއްވަދުއަށް ދިއުމަށް ފިޔޯރީން ފުރީ މިއަދު މެންދުރު 2:15 ގައި ކަމަށެވެ. އެ ޑިންގީގައި ދަތުރުކުރީ ދިވެހި ދެ މީހަކާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް ވިދާޅުވިއެވެ.