އެންޓި ކޮރަޕްޝަން ކޮމިޝަން

ހައުސިން މިނިސްޓްރީން ނިއުޕޯޓަށް 15 މިލިއަން ރުފިޔާ ދިނުން އޭސީސީން ހުއްޓުވައިފި

ބަދަލުގެ ގޮތުގައި ހައުސިން މިނިސްޓްރީން ނިއުޕޯޓަށް 15 މިލިއަން ރުފިޔާ ދިނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފިއެވެ.

އެކަން ހުއްޓާލުމަށް އެންގުމުގެ ގޮތުން އޭސީސީގެ މެމްބަރު ޞަފްވަތު މުހައްމަދު ސޮއިކުރައްވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި ޞަފްވަތު ވިދާޅުވެފައިވަނީ ސިނަމާލެ ބުރިޖު ސަރަހައްދުގައި ނިއުޕޯޓުން އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ އެފަރާތަށް ދިނުމަށް ނިންމައި، އެ ފައިސާ ވަރަށް އަވަހަށް ނިއުޕޯޓަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އޭސީސީއަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އޭސީސީން އެ މައްސަލަ ބަލައި ވަކި އެއްޗެއް އަންގަންދެން ސިނަމާލެ ބުރިޖު ސަރަހައްދުގައި އިމާރާތްކޮށްފައިވާ ޗާޓައިމް އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތް ކުރިއަށް ނެގެންދިއުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.