އެމްއެންޑީއެފް

ސިފައިންގެ އެކުވެރި ކުންފުނި، ރައީސް ޔާމީން އަލުން އުފައްދަވައިފި

1

ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ)، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަލުން އުފައްދަވައިފިއެވެ.

ރައީސް ޔާމީން އަލުން އެ ކުންފުނި އުފައްދަވާފައިވާ ކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ ކުންފުނި އުފެއްދުމުން ސިފައިންގެ ވެލްފެއާއާއި މާލީ ކަންކަން އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.

އެ ކުންފުނި ކުރިން ހުއްޓާލާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ޑިފެންސް މިނިސްޓަރު ހާމަކޮށްދެއްވައިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟