އިސްލާމިކް މިނިސްޓްރީ

ދެ ރަށެއްގެ މިސްކިތުގައި ސޯލާޕެނަލް ހަރުކުރުމުގެ އެއްބަސްވުމެއްގައި ފެނަކައިން ސޮއިކޮށްފި

ދެ ރަށެއްގެ މިސްކިތުގައި ސޯލާޕެނަލް ހަރުކުރުމާއި މިސްކިތްް އޭސީ ކުރުމުގެ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނުން މިއަދު ސޮއިކޮށްފިއެވެ.

ފެނަކައިން ބުނީ މިއީ މިސްކިތްތައް އޭސީ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދުމުގެ ގޮތުން މިސްކިތްތަކުގެ މަސައްކަތް ފެށުމަށް ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުން ކަމަށެވެ.