އެމްއެންޑީއެފް

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ މީހަކު ސަސްޕެންޑްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާއި ގުޅިގެން ސިފައިންގެ ދެ މީހަކު ސަސްޕެންޑްކޮށްފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު ކެޕްޓަން އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ސަސްޕެންޑު ކުރީ މޭޖާ އިބްރާހިމް ނަވީން ޒުބައިރާއި ސާޖަންޓް އިސްމާއިލް ޝަކީބު ކަމަށެވެ.

އާޒިމު ވިދާޅުވީ އެ ދެމީހުން ސަސްޕެންޑް ކުރީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭސީސީން އާންމުކުރި ރިޕޯޓާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އަދި އެމްއެމްޕީއާރުސީގެ ހިނާޔާތު ގައި ސިފައިންގެ މީހަކު ހިމެނޭ ނަމަ އެމީހަކާ މެދު ފިޔަވަޅުއަޅާނެ ކަމަށް ޗީފްއޮފް ޑިފެންސް ފޯސް އަބްދުﷲ ސަމާލުވެސް ވަނީ ވިދާޅުވެފައެވެ.

ނަވީންގެ އެކައުންޓަށް 100،000 ޑޮލަރު އެސްއޯއެފް އިން ޖަމާކޮށްފައިވާ ކަމަށް އޭސީސީންގެ ރިޕޯޓުގައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔަނާތާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުގެ މައްޗަށް ތުހުމަތުތައް ކޮށްފައިވާއިރު، ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތަކަށްވެސް ފައިސާ ދީފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.