ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ފަތުރުވެރިން ބަރަހަނާކޮށް އުޅޭ މައްސަލައިގައި އިލްޔާސް އާއި އިޔާޒު އާއި ޒައިދު މިނިސްޓަރާ ބައްދަލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ބައެއް ރަށްރަށުގައި ފަތުރުވެރިން ބަރަހަނާކޮށް އުޅޭ މައްސަލައިގައި އައްޝައިޚު އިލްޔާސް ހުސައިން އާއި އައްޝައިޚު ޑރ. މުހައްމަދު އިޔާޒު އާއި އައްޝައިޚު އަލީ ޒައިދު، ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.

ޑރ. އިޔާޒު މިއަދު ހަވީރު ކުރެއްވި ޓުވީޓެއް ގައި ވިދާޅުވީ ބައެއް ރަށްރަށުގައި ފަތުރުވެރިން ބަރަހަނާކޮށް އުޅެމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު، އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އަދި އެމިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާކަމަށެވެ.

އެ ބައްދަލުވުމުގައި އެމައްސަލަ ބައްލަވައި އެކަން ހައްލުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމުގައި ޑރ.އިޔާޒު ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި ބަރަހަނާކޮށް އުޅެމުންދާ މައްސަލައިގައި ބައެއް ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

އެގޮތުން ހުޅުމާލޭ ބީޗް ސަރަހައްދަކީ ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ހިތް އުފާކޮށްލުމަށް ގޮސް ތިބޭ ސަރަހައްދަކަށް ވާއިރު، ބީޗްގައި ފަތުރުވެރިން ބަރަހަނާކޮށް ތިބޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ބައެއް ފަރާތްތަކުން ރިޕޯޓް ކުރުމުން ފުލުހުންް ގޮސް އެމީހުންނަށް ނަސޭހަތްތެރިވުމުން ނިވާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.