މިފްކޯ

ހެލްމެޓު އަޅައިގެން ތިބި ބަޔަކު ކޯރާޑިން ހަމަލާދީ ބިރުދެއްކުމަށް ފަހު، މިފްކޯގެ ދެމިލިއަން ރުފިޔާ ފޭރިގެންފި

7

ހެލެމެޓު އަޅައިގެން ތިބި ބަޔަކު، ކޯރާޑިން ވެހިކަލަށް ހަމަލާދީ ބިރުދެއްކުމަށް ފަހު، މިފްކޯގެ ދެމިލިއަން ރުފިޔާ ފޭރިގެންފި އެވެ.

މި ފައިސާ ފޭރިގެންފައި ވަނީ ވިލާ ކޮލެޖު ކައިރީ ސަރަހައްދުން ކަމަށާއި ވޭނުގައި ގެންދިޔަ ފައިސާއަކީ މިފްކޯއިން ފެލިވަރަށް ފޮނުވަން ގެންދިޔަ ފައިސާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވި އެވެ.

"މީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމެއް. އަޅުގަނޑުމެންގެ ސްޓާފުންނަށް ކޯރާޑިން ބިރުދައްކާފަ ފައިސާތައް ފޭރިގަތީ. މީ ފެލިވަރުކޮޅަށް މަސްވެރީންނަށް ދޭން ފޮނުވަން ގެންދިޔަ ފައިސާ." ހާދިސާ ހިނގި ސަރަހައްދުގައި ހުރެގެން ފައުޒީ ދާދި ދެންމެ ވަން އޮންލައިންގެ ނޫސްވެރިޔާއަށް މައުލޫމާތުދެއްވަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭރިގަތީ ދެ ސައިކަލެއްގައި މޫނު ނިވާވާ ގޮތަށް ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހަކު ވެގެން ކަމަށާއި އޭރު ވެހިކަލުގައި ތިބީ ބިދޭސީ އަކާއި ދެ ދިވެހީން ކަމަށެވެ.

"ވަން އޮންލައިން"ގެ ނޫސްވެރީން ހާދިސާ ހިނގި ސަރަހައްދަށް ދިޔަ އިރު ފުލުހުން އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟