ޚަބަރު

ބަނޑިދޫ އައިސްްޕްލާންޓުގެ ބިންގާ އަޅައިފި

ދ. ބަނޑިދޫގައި ހަދާ އައިސްޕްލާންޓުގެ ބިންގާ އަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ބަނޑިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ އައިސްޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ބަނޑިދޫގައި ހަދާ އައިސްޕްލާންޓަކީ 30 ޓަނުގެ އައިސް އަދި 50 ޓަނުގެ ސްޓޯރޭޖަކާ އެކު ހަދާ އައިސްޕްލާންޓެކެވެ.

އެ އައިސްޕްލާންޓު ހަދަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ.