އަންހެނުން

ފުޑް އެންޑް ޓެކްނޮލޮޖީ ދާއިރާއިން އިންޑިއާގައި ކުރިއަށްދާ ކޮންފަރެންސެއްގައި އެމްޑަބްލިއުސީސީން ބައިވެރިވެއްޖެ

މަރިޔަމް ޝަހުދާ

މޯލްޑިވްސް ވުމަން ޗެމްބާ އޮފް ކޮމާސް، އެމްޑަބްލިއުސީސީގެ ފަސް މެންބަރަކު އިންޑިއާގައި ކުރިއަށްދާ ބައިރެކްގެ ހަތް ވަނަ ފައުންޑޭޝަން ޑޭ ގައި ބައިވެރިވެއްޖެއެވެ.

ބަޔޯޓެކްނޮލޮޖީ އިންޑަސްޓްރީ ރިސާޗް އެސިސްޓަންސް ކައުންސިލުން ބާއްވަމުން ގެންދާ ފައުންޑޭޝަން ޑޭ ކޮންފެރަންސަކީ ކޮންމެ އަހަރަކުވެސް އެކި ތީމްތަކަށް ބަހާލައިގެން ބާއްވަމުން އަންނަ ކޮންފެރެންސެކެވެ. މިއަހަރު ކޮންފެރެންސްގެ ތީމަކީ ނާޗޮރިންގް އިނޮވޭޝަން އެމްޕަވަރިންގް އިންޑިއާ އެވެ.

އިންޑިއާގެ ނިއު ދިއްލީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސަކީ ސައުތް އޭޝިއާ ވުމަންސް ޑިވަލޮޕްމަންޓް ފޯރަމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. އެމްޑަބްލިއުސީސީގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވި ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގެންނެވީ އެ އެސޯސިއޭޝަންގެ ރައީސާ ޝީޒާ އިމާދެވެ.

ކޮންފެރެންސްގައި މިއަދު ކުރިއަށް ދިޔަ ޕެނަލްގައި ޝީޒާ ވަނީ ވާހަކަވެސް ދައްކަވާފައެވެ. ދިވެއްސަކު ފައުންޑޭޝަން ނާޗޮރިންގް އިނޮވޭޝަން އެމްޕަވަރިންގެ ޕެނަލެއްގައި ތަމްސީލު ކުރި މީ ފުރަތަމަ ފަހަރެވެ.

މި ކޮންފަރެންސަކީ ވިޔަފާރީގެ ރޮނގުން އަންހެނުން ބާރުވެރި ކުރުމުގެ އިތުރަށް އެ ރޮނގުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުގެ މަޝްވަރާ ކުރުމަށް ހުޅުވައިލި ޕްލެޓްފޯމެކެވެ. މި ކޮންފަރެންސްގައި ފުންޑް އެންޑް ޓެކްނޮލޮޖީގެ އެކި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.