އަލްހާން ފަހުމީ

ބޯހިޔާވަހިކަމުން ވައްކަންކުރުން ހުއްޓާލާ!: އަލްހާން

ސަރުކާރުގެ ބޯހިޔާވަހިކަމުން ވައްކަން ކުރުން ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ގޮވައިލައްވައިފިއެވެ.

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކެމްޕެއިން އޮފީހުން މީހުންނަށް ގުޅައި ފުލެޓް ދޭނެ ކަމަށްބުނެ، ދަރުބާރުގެއަށް މީހުން އެއްކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

އަދި ދައުލަތުގެ ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ ކެމްޕެއިން ހަތިޔާރަކަށް ނުހެދޭނެ ކަމަށް އަލްހާންގެ ޓުވީޓުގައި ވިދާޅުވިއެވެ.

އަލްހާން ފަހުމީއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ.