ދުނިޔެ

ނެދަލެންޑްގެ ޓްރެމް ސްޓޭޝަންއެއްގައި ބަޑިން ހަމަލާދީ ގިނަބަޔަކު ޒަހަމް ކޮށްލައިފި

މުހައްމަދު އައުޒަމް

ނެދަލެންޑްގެ ޓްރެމް ސްޓޭޝަންގައި ބަޑިން ހަމަލާދީ ގިނަބަޔަކު ޒަހަމް ކޮށްލައިފި އެވެ.

ނެދަލެންޑްގެ އުޓްރެޗް ސިޓީގައި މިއަދު މިހަމަލަދީފައި ވަނީ ހެނދުނުގެ އެންމެ ކާރުބާރު ބޮޑުގަޑީގައެވެ.

ބަޑިން ހަމަލާދީ ގިނަބަޔަކު ޒަހަމް ކޮށްފައިވާއިރު މިހާތަނަށް ޒަހަމްވި މީހުންގެ މައުލޫމާތު އެގައުމުން ހަމަކޮށްފައި ނުވެއެވެ.

އިމަޖެންސީގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި އެގައުމުގެ އެންޓި ޓެރަރިޒަމް ޕޮލިހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.