އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮނު ފީނި ތަކެއް އޮޔާދާތީ ސިފައިން ހަރަކާތްތެރިވަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިކި އޮނުފީނި ތަކެއް އޮޔާދާތީ ކޯސްޓްގަޑުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ނ. މާކުރެންދޫ ކައިރިން އޮޔާދާ ހިކި އޮނުފީނިތަކެއް ފެނިގެން ރިޕޯޓްކޮށްފައިވަނީ މިއަދު 1:40 ހާއިރު ކަމަށެވެ.

އެމައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށާއި އޮނުފީނި ކަޑުގެ އަޑިއަށް ސާޅީސް ފޫޓު އެބަހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ އޮނުފީނިތައް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އަދި އޮނުފީނިތައް ނައްތައިލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.